ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މޯލްޑިވްސް ހިއުމަން ރައިޓްސް ޕޯޓަލް ގެ އޮރިއެންޓޭޝަން ދަޢުލަތުގެ މުޢައްސަސާތަކަށް ކުރިއަށްގެންގޮސްފި


08-07-2018ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން މޯލްޑިވްސް ހިއުމަން ރައިޓްސް ޕޯޓަލް ގެ އޮރިއެންޓޭޝަން އެއް ދަޢުލަތުގެ މުޢައްސަސާތަކާއި އިދާރާތަކަށް ކުރިއަށްގެންގޮސްފިއެވެ.

މޯލްޑިވްސް ހިއުމަން ރައިޓްސް މޮނިޓަރިންގ ޕޯޓަލް އަކީ އ.ދގެ އިންސާނީ ޙައްޤުތަކާބެހޭ ޓްރީޓީ ބޮޑީތަކުންނާއި ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ ޕީ އާރް) ގެ ދަށުން ދިވެހި ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ދައުލަތުން ތަންފީޛުކުރާ މިންވަރު ދެނެގަތުމަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުން އެކުލަވާލާ ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭން ތަންފީޒުވަމުންދާ މިންވަރު މޮނިޓަރކުރުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން 'މޯލްޑިވްސް ހިއުމަން ރައިޓްސް ޕޯޓަލް' ގެ ނަމުގައި ޤާއިމުކުރެވޭ ވެބް ޕޯޓަލް އެކެވެ.
27 ޖޫން 2018 ގައި ކުރިއަށްގެންދެވުނު އޮރިއެންޓޭޝަން ގައި މި ޕޯޓަލް އާ ބެހޭ މަޢުލޫމާތު ހިއްސާކުރުމާއި ޕޯޓަލް މެދުވެރިކޮށް ދަޢުލަތުގެ އެންމެހާ މުޢައްސަސާތަކުން މަޢުލޫމާތު ހިއްސާކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި ޕޯޓަލް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެކި މުޢައްސަސާތަކުގެ ޚިޔާލު ހޯދާފައިވެއެވެ.

ޑެންމާކް އިންސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސް (ޑީ އައި އެޗް އާރް) ގެ ފަރާތުން މި ޕޯޓަލް ފަރުމާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.