ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަންގެ 2009 ވަނަ އަހަރުގެ ކެޕޭސިޓީ އެސެސްމެންޓްގެ ފޮލޯއަޕް އެއް ހަދައިފި


08-07-2018ތާރީޙް: 

އޭޝިއާ ޕެސިފިކް ފޯރަމް ފޮރ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަންސް (އޭ ޕީ އެފް) އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް އާރް ސީ އެމް) ގެ 2009 ވަނަ އަހަރުގެ ކެޕޭސިޓީ އެސެސްމަންޓްގެ ފޮލޯއަޕެއް ހަދައިފިއެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްސަދަކީ ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންސް ތަކުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ވަޒަންކޮށް ދެނެގަނެ، ހަރުދަނާ ކުރުމަށް ކުރިއަށްގެންދެވޭ ޕްރޮޖެކްޓެކެވެ.

21 - 28 ޖޫން 2018 އަށް ކުރިއަށް ގެންގޮސްފައިވާ މި އެސެސްމެންޓަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ 2009 ވަނައަހަރުގެ ކެޕޭސިޓީ އެސެސްމެންޓްގެ ފޮލޯއަޕް އެސެސްމަންޓެކެވެ.

މި ފޮލޯއަޕް އެސެސްމަންޓްގައި އޭޕީއެފްގެ ކޮންސަލްޓަންޓް މރ. ކްރިސް ސިޑޯޓީ އަދި ޔޫ އެން ޑީ ޕީ ގެ ކޮންސަލްޓަންޓް މރ. ނިކް ބޫތް ވަނީ މި ކޮމިޝަނުގެ މެމްބަރުންނާއި ޑިޕާރޓްމަންޓްތަކުގެ ވެރިންނާއި މި ކޮމިޝަނާއެކު މަސައްކަތް ކުރާ މުޢައްސަސާތަކާ ބައެއް މަދަނީ ޖަމުޢިއްޔާތަކާ އެކު ބައްދަލުވުންތައް ބާއްވާފައިވެއެވެ.

ބައްދަލު ކޮށްފައިވާ މުއައްސަސާތަކުގެ ތެރޭގައި ޔޫ އެން ޑީ ޕީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، އެޓާނީ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި ބައެއް މަދަނީ ޖަމުޢިއްޔާތައް ހިމެނެއެވެ.