ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމް އިން މިނިސްޓްރީ އޮފް ހޯމްއެފެއާޒް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ބައްދަލުކޮށްފި


04-07-2018ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުން މިނިސްޓްރީ އޮފް ހޯމްއެފެއާޒް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއާ 2 ޖުލައި 2018 ގައި ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މި ތިން އިދާރާއާ ގުޅުންހުރި މައްސަލަތައް ބެލުމުގައި ދިމާވާ ގޮންޖެހުންތަކާބެހޭގޮތުން މަޝްވަރާކޮށް މި އިދާރާތަކުގެ ކަމާބެހޭ ޕޮލިސީ ލެވެލްގެ ބޭފުޅުންނާއެކު މަޝްވަރާކުރުމެވެ.

މިއީ ކޮމިޝަނަށް ހުށަހެޅޭ އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކާއި އެކަންކަމާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް މުއައްސަސާތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލު ވުމެކެވެ.