ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބޫޓާންގެ ތިންޕޫގައި ބޭއްވުނު ސައިވެކްގެ ޕްރީ-ޓެކްނިކަލް އިވެންޓްސްގައި އެޗް.އާރ.ސީ.އެމްއިންބައިވެރިވެއްޖެ


13-05-2018ތާރީޙް: 

މިމަހުގެ 12 އަދި 13 ގައި ބޫޓާންގެ ތިންޕޫގައި ބޭއްވުނު 7 ވަނަ ސައުތު އޭޝިއަން އިނީޝިއޭޓިވް ޓު އެންޑް ވައޮލެންސް އަގައިނިސްޓް ޗިލްޑްރަން (ސައިވެކް)ގެ ޕްރީ-ޓެކްނިކަލް އިވެންޓްސްގައި އެޗް.އާރ.ސީ.އެމްގެ ރައީސް އަލްފާޟިލާ އާމިނަތު އީނާސް ބައިވެރިވެވަޑައިގެންފިއެވެ.

ޕްރީ-ޓެކްނިކަލް އިވެންޓްސްގެ މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޤައުމީ މުއައްސަސާތަކާއެކު ކުޑަކުދިން ކައވެނި ކުރުވުން ހުއްޓުވުމާބެހޭގޮތުން ބޭއްވުނު ބައްދަލުވުންތަކުގެ ފޮލޯއަޕް ހަދައި، ރީޖަނަލް އެކްޝަން ޕްލޭން 2015 – 2018 ރިވިއު ކުރުމެވެ.

ޕްރީ-ޓެކްނިކަލް އިވެންޓްސް އިންތިޒާމްކޮށްފައިވަނީ ސައިވެކްގެ ރީޖަނަލް ސެކްރެޓޭރިއޭޓްއިން އެފަރާތުގެ ޕާޓްނަރުންނާ ގުޅިގެން، އަދި މިފަހަރުގެ ބައްދަލުވުންތައް ބާއްވާފައިވަނީ ބޫޓާންގެ ރޯޔަލް ގަވަރންމަންޓް އިންނެވެ.