ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ.މާފުށި ޖަލުގެ ރިމާންޑް ޔުނިޓަށް ޒިޔާރަތެއްކޮށްފި


29-04-2018ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އިން ކ.މާފުށީގައި ޖަލުގައި ހުންނަ ރިމާންޑް ޔުނިޓަށް 29 އޭޕްރިލް 2018 ވީ އާދިއްތަ ދުވަހު މޮނިޓަރިންގ ޒިޔާރަތެއްކޮށްފިއެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ ކުރީގެ ރިމާންޑް ޔުނިޓް 4 އަދި ފަހުން އިއުލާން ކުރި ޔުނިޓް 13 ގެ ހާލަތު ބަލައި ރިމާންޑް ޖަލާއި ގުޅޭގޮތުން ކޮމިޝަނުން ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒްވެފައިވާ މިންވަރު ބެލުމެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާއްމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިއްމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، ކ.މާފުށި ޖަލަށާއި މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެއެވެ. އަދި ކޮމިޝަނުގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އާއި ބައްދަލުކޮށް، މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯ-އަޕް ހެދުމަށް ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ.