ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުން އިންސާނީ ޙައްޤުތަކަށް އަހުލުވެރިކުރުވައިފި


21-03-2018ތާރީޙް: 

މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލުތަކުން ކުރިޔަށްގެންދާ އޮރިއެންޓޭޝަންތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކުގެ މަޢުލޫމާތު ދިނުމުގެގޮތުން ސެންޓަރ ފޮ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގެ ދަރިވަރުންނަށް ހިއުމަން ރައިޓްސް ކޮމިޝަނުން މާރިޗު 19، 20 އަދި 21 ގައި ވަނީ ސެޝަންތަކެއް ނަގައިދީފިއެވެ. އަދި ފެބުރުވަރީ 6 ވަނަދުވަހުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށާއި ފެބުރުވަރީ 15 ވަނަދުވަހު ވިލާ އިންޓަރނޭޝަނަލް ހައިސްކޫލަށް 2 ސެޝަނެއްވަނީ ނަގައިދެވިފައެވެ. މި ސެޝަންތަކުގައި ޖުމްލަ 562 ކުދިން ބައިވެރިވެފައިވެއެވެ.

މި ސެޝަންތަކުގެ އަމާޒަކީ އިންސާނީ ޙައްޤުތަކުގެ އެންމެ އަސާސީ މަޢުލޫމާތާއި، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގައި (ހިއުމަން ރައިޓްސް ޑިފެންޑަރެއްގެ ހައިޞިއްޔަތުން) ސްކޫލް ދަރިވަރުންގެ ދައުރާމެދު ކުދިން އަހުލުވެރިކުރުމެވެ.