ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އިންސާނީ ޙައްޤުތަކުގެ ބޭސިކް އޮންލައިން ސެޝަނުގެ ޕްރޮގްރާމް އެޗް.އާރ.ސީ.އެމް އިން ސިވިލް ސަރވިސް ކޮމިޝަނާ ހަވާލުކޮށްފި


05-03-2018ތާރީޙް: 

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ އިންސާނީ ޙައްޤުތަކުގެ ބޭސިކް އޮންލައިން ސެޝަންގެ ޕްރޮގްރާމް އެޗް.އާރ.ސީ.އެމްއިން ސިވިލް ސަރވިސް ކޮމިޝަނާ 4 މާރިޗު 2018ގައި ބޭއްވުނު ބައްދަލުވުމެއްގައި ޙިއްސާކޮށްފިއެވެ.

މި ސެޝަނުގެ މަޤްސަދަކީ އިންސާނީ ޙައްޤުތަކުގެ އެންމެ އަސާސީ މަޢުލޫމާތާއި، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ދައުރާ މެދު ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ ފަރާތްތައް ހޭލުންތެރިވެ އަހުލުވެރިކުރުމެވެ.

މިއީ ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓްއާއި 2016 ޑިސެމްބަރު 29 ވަނަ ދުވަހު މަޝްވަރާކުރެވި ކުރިއަށް ގެންދާ ހަރަކާތެއްކަން.