ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި 3 ފަރާތެއްގެ ހާލަތު އިތުރަށް ބަލައިފި


07-02-2017ތާރީޙް: 

2018 ފެބްރުއަރީ 07 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި 3 ފަރާތެއްގެ ހާލަތު ކޮމިޝަނުން ވަނީ ބަލާފައެވެ. އަދި، މި ޒިޔާރަތަށް ފަހު ކޮމިޝަނުން އިތުރަށް ބެލި ބެލުމުން މި ފަރާތްތަކަށް ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވާ ކަމަށާއި، ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރެވޭކަމަށާއި، ޞިއްޙީ ފަރުވާ ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާކަމަށާއި، މި ބޭފޭޅުންނާ މެދު އެއްވެސް ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލެއް ހިނގާފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ.

ކޮމިޝަނުން މި ފަރާތްތަކުގެ ހާލަތު ދަނީ ގާތުން ބަލައި މޮނިޓަރކުރަމުންނެވެ.