ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ފުލުހުންގެ ބެލުމުގެ ދަށުގައިވާ 3 ފަރާތެއްގެ ހާލަތު ކޮމިޝަނުން ބަލައިފި


07-02-2018ތާރީޙް: 

ފުލުހުންގެ ބެލުމުގެ ދަށުގައިވާ 3 ފަރާތެއްގެ ހާލަތު ކޮމިޝަނުން ބަލައިފި. މިގޮތުން 7 ފެބްރުވަރީ 2018 ގައި ކ. ދޫނިދޫ ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށް، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް އަދި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ހާލަތު ބަލާފައިވެއެވެ. މީގެ އިތުރުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށް، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދުގެ ހާލުވެސް ކޮމިޝަނުން ވަނީ ބަލާފައިއެވެ. ކޮމިޝަނުގެ ޒިޔާރަތްތަކުން ފާހަގަކުރެވިފައިވަނީ މި 3 ބޭފުޅުންގެ ހާލަތުވެސް ރަނގަޅުކަމަށެވެ. ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދުގެ ސިއްހީ ފަރުވާގެ ކަންކަން ކުރިއަށް ދާކަމަށާއި، ދޫނިދޫ ކަސްޓޯޑިއަލްގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައިތިއްބާފައިތިބި ތަނުގެ ހާލަތުވެސް ރަނގަޅުކަމަށެވެ.

ކޮމިޝަނުން މި ފަރާތްތަކުގެ ހާލަތު ގާތުން ބަލައި މޮނިޓަރކުރަމުން ގެންދާނެއެވެ.