ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން - PR-02/2018


05-02-2018ތާރީޙް: 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ފޯރުކޮށްދިނުމާއި ބޭނުންކުރުމުގައި ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު، ޤައުމުގެ ސުލްހަމަސަލަސްކަން ގެއްލިގެންނުދާނެފަދަ ގޮތެއްގެ މަތިން ޢަމަލުކުރުމަށާއި، މިފަދަ ޚުޠޫރަތްތެރި ދަނޑިވަޅެއްގައި ހުރިހާ ފަރާތްތަކުންވެސް ޤައުމުގެ އަމަން އަމާންކަން ދަމަހައްޓައި ނެގެހެއްޓުމަށް މަސައްކަތްކުރުމަށާއި، ޤައުމީ މަސްލަހަތު އިސްކުރުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. ހަމަމިއާއެކު، އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް ރައްކާތެރިކަން ހަމަހަމަގޮތެއްގައި ކަށަވަރުކޮށްދިނުމަށާއި، އެއްވުންތައް ރޫޅާލަން ޖެހިއްޖެ ޙާލަތްތަކުގައި އަމަންބަލަހައްޓާ ފަރާތްތަކުން ޤާނޫނީ އިމުގެތެރެއިން ޢަމަލުތައް ބެހެއްޓުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

އަދި، މި ހައްސާސް ދަނޑިވަޅުގައިވެސް ރައްޔިތުންގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އެންމެހާ ފަރާތްތަކަށް ހަނދުމަކޮށްއަރުވަމެވެ. އަދި ސަލާމަތީ ބާރުތަކުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ޙިމާޔަތްކުރުމަށް ޤާނޫނީ އިމުގެތެރެއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެންމެހާ މުއައްސަސާތަކާއި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

ހަމަމިމޭރުމުން، ދިވެހިރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކާއި ރާއްޖޭގެ މީޑިޔާތަކުން މި މަޝްރަހު އިތުރަށް ހޫނުވާނޭފަދަ ގޮތަކަށް ޢަމަލުތައް ނުބެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ފޫނުބެއްދޭނެފަދަ ގެއްލުމެއް ލިބިދާނޭ ފަދަގޮތަކަށް ޢަމަލުތައް ނުބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އަދި، މިހާރު ހިނގަމުންދާ ކަންކަން ކޮމިޝަނުން ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންދާކަމުގައި ދަންނަވަމެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އޮތް އަމަންއަމާންކަން ދެމެހެއްޓުމުގެ ހެޔޮ ތައުފީޤު މާތްﷲ އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި، އާމީން!