ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމްގެ އެން.ޖީ.އޯ ނެޓްވާރކްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ތާރީޙް: 18-01-2018

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ދިވެހިރާއްޖޭގެ މަދަނީ ޖަމުޢިއްޔާތަކާއެކު މަސައްކަތް ކުރުމަށްޓަކައި އެންޖީއޯ ނެޓްވާރކެއް އެޗް.އާރް.ސީ.އެމްއިންވަނީ ޤާއިމްކޮށްފައެވެ. މިނެޓްވާރކްގައި ހިމެނޭ ޖަމުޢިއްޔާ ޖަމާޢަތްތަކާއެކު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ކޮމިޝަނުން އިންސާނީ ޙައްޤުތަކަށް މީހުން އަހުލުވެރިކުރުވުމާއި ޢާންމުން ހޭލުންތެރިކުރުވުމުގެ ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، މާލީ އެހީތެރިކަން ހޯދުމަށް އެހީތެރިވެދިނުމާއި، ކޮމިޝަނުން ކުރިޔަށްގެންދާ އެކި ޙަރަކާތްތަކުގައި އެންޖީއޯ ތަކުގެ އެހީތެރިކަން ހޯދާފައިވެއެވެ.
މި ކޮމިޝަނުގެ ގެ އެން.ޖީ.އޯ ނެޓްވާރކް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މި ނެޓްވާރކްގައި ބައިވެރިވުމުގެ ފުރުސަތު 23 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށްވަނީ ހުޅުވާލައިފައެވެ. އެންޖީއޯ ނެޓްވާރކް ގައި ކުރިން ބައިވެރިވެވަޑައިގެންފައިވާ ފަރާތްތަކުންވެސް އަލުން ރަޖިސްޓްރީ ކުރުމަށްވަނީ ހަމަޖެހިފައެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮމިޝަނުގެ އިދާރާއިންނާއި އީމެއިލް މެދުވެރިކޮށް info@hrcm.org.mv އަށެވެ. ކޮމިޝަނުގެ ނަންބަރު 3003117 އިން އިތުރު މަޢުލޫމާތު ސާފުކުރެވޭނެއެވެ. އެންޖީއޯ ނެޓްވަރކްގައި ބައިވެރިވާން އެދޭ ފޯމްގެ http://www.hrcm.org.mv/downloads/ApplicationforNGO.pdf މިލިންކް މެދުވެރިކޮށް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.