ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް ކޮމިޝަން ރައީސްއާ ބައްދަލުކުރައްވައިފި


27-12-2017ތާރީޙް: 

ޔުނިސެފްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓޭޓިވް މިސްޓަރ މުހައްމަދު މުނީރު އ. ސަފީލްދީން ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އަލްފާޟިލާ އައިމިނަތު އީނާސްއާ 26 ޑިސެމްބަރ 2017ގައި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ކޮމިޝަނާއި ޔުނިސެފް ގުޅިގެން ރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ، ކުޑަކުދިންގެ ޚައްޤުތަކާއި، އަންހެނުން އަދި ނުކުޅެދުންތެރިކަމުގެ ދާއިރާއިން ކޮމިޝަނުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ހިއްސާ ކުރެވުނެވެ.

މިބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަލްފާޟިލާ އައިމިނަތު އީނާސްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު އަމީން ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި ޔުނިސެފްގެ ރެޕްރެސެންޓޭޓިވްގެ އަރިހުގައި ކޮމިއުނިކޭޝަން ފޮ ޑިވެލޮޕްމަންޓް އޮފިސަރ، އަލްފާޟިލް މުހައްމަދު ޔާސިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.