ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ޕޮލިސް އެކަޑަމީއިން ދ. ވާނީގައި ކުރިއަށްގެންދާ 29 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ބައިވެރިންނަށް ހިއުމަން ރައިޓްސް ކޮމިޝަނުން ސެޝަންތަކެއް ނަގައިދެނީ


ތާރީޙް: 25-12-2017

ދ.ވާނީގައި ކުރިއަށްދާ 29 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ބައިވެރިންނަށް ހިއުމަން ރައިޓްސް ކޮމިޝަނުން މަޢުލޫމާތު ސެޝަންތަކެއް މިމަހުގެ 25 ވަނަ ދުވަހުން 28އަށް ފަށައިފިއެވެ. މި ތަމްރީން ޕްރޮގްރާމުގައި ކޮމިޝަނުގެ ފަރާތުން ސެޝަން ނަންގަވައިދުނުމަށް ހަމަޖެހިފައިވަނީ ކޮމިޝަނުގެ ނާއިބު ރައީސް އަލްފާޟިލް މުހައްމަދު ޒާހިދު، އެޑިއުކޭޝަން އޮފިސަރ އަލްފާޟިލް މޫސާ އިލްހާމް އަދި އިންވެސްޓިގޭޝަން އޮފިސަރ އަލްފާޟިލާ ހަމިއްޔާ ލަތީފްއެވެ.

މި ސެޝަންތަކުގެ މަޤްސަދަކީ އިންސާނީ ޙައްޤުތަކަށް ފުލުހުން އަހުލުވެރިކޮށް ފުލުހުންގެ ވާޖިބު އަދާކުރުމުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް އިޙްތިރާމްކުރާ ސަޤާފަތެއް ގެންގުޅުމަށް ބާރުއެޅުމެވެ. ސެޝަންތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކުގެ ތަޢާރަފް، އިންސާނީ ޙައްޤުތަކާގުޅިގެން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް، ޤާނޫނުއަސާސީގެ ދެވަނަ ބާބު (އަސާސީ ޙައްޤުތަކާ މިނިވަންކަން)، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރު، 'ދަ މަންޑޭލާ ރޫލްސް' އަދި ހައްޔަރު ކުރުމާއި ބަންދުކުރުން، ހިމެނެއެވެ.