ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާ ބައްދަލުކޮށްފި


26-11-2017ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއާ 23 ނޮވެމްބަރ 2017ގައި ބައްދަލުކޮށްފިއެވެ.

މިބައްދަވުމުގެ މަޤްސަދަކީ އާންމުކޮށް ކޮމިޝަނަށް ހުށަހެޅޭ ބާވަތްތަކުގެ މައްސަލަތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުން މި ދެ މުއައްސަސާގެ ކަމާބެހޭ ޕޮލިސީ ލެވެލްގެ ބޭފުޅުންނާއެކު މަޝްވަރާކުރުމެވެ.