ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެންޓި ޓޯޗަރ ޤާނޫނާއި ބެހޭގޮތުން އެޗް.އާރ.ސީ.އެމްގެ މުވައްޒަފުންނަށް މަޢުލޫމާތު ސެޝަނެއް ބާއްވައިފި


ތާރީޙް: 13-11-2017

ހިއުމަން ރައިޓްސް ކޮމިޝަނުގެ މުވައްޒަފުންނަށް އަމާޒުކޮށް އެންޓި ޓޯޗަރގެ ޤާނޫނު (2013/13) އާއި ބެހޭގޮތުން މަޢުލޫމާތު ސެޝަނެއް 13 ނޮވެމްބަރ 2017ގައި ހިންގައިފިއެވެ. މިސެޝަނުގެ މައިގަނޑު މަޤްސަދަކީ މުއައްސަސާތަކުގެ ދައުރާއި އެންޓި-ޓޯޗަރ ޤާނޫނަށް މުވައްޒަފުން އަހުލުވެރިކުރުމެވެ.

މި ސެޝަން ނަންގަވައި ދެއްވީ ކޮމިޝަނުގެ ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓްގެ ޑިރެކްޓަރ އަލްއުޛްތާޒް މުޙައްމަދު ހުޝާމް ޢަލީ އަދި ސީނިއަރ ލީގަލް އޮފިސަރ އަލްއުޛްތާޒާ މަރިޔަމް ނީލާ އެވެ. މިސެޝަންގައި ޖުމްލަ 13 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.