ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުން އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންއާ ބައްދަލުކޮށްފި


08-11-2017ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުން އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައި.އޯ.އެމް)އާއެކު މަޝްވަރާ ބައްދަލުވުމެއް 7 ނޮވެންބަރު 2017ގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާގުޅޭގޮތުން އެ ފަރާތަށް އެނގެންޖެހޭ މަޢުލޫމާތު ހިމަނައިގެން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ކާޑާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މި ކާޑަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ކޮންމެހެން އެނގެން ޖެހޭ މަޢުލޫމާތުތަކާއި، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާއި، ޙައްޤެއް ގެއްލިގެން ދާހިނދު ގުޅަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު އެންގެން އޮންނަ ކާޑެކެވެ. އަދި، މި ކާޑު ރާއްޖެއަށް އެތެރެވާ ބިދޭސީ މަސައްކަތްތެރިންނަށް ރާއްޖެއަށް އެތެރެވާ ވަގުތު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އައި.އޯ.އެމްގެ އެހީގައި ޕްރިންޓް ކުރުމަށްވަނީ ހަމަޖެހިފައެވެ.