ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުގެ މުވައްޒަފުންނަށް ދިވެހިބަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި


26-10-2017ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދިވެހިބަހުގެ ތަމްރީން ޕްރޮގްރާމްއެއް 26 އޮކްޓޯބަރ 2017ގައި ފަށައިފިއެވެ. 4 ދުވަހުގެ މި ތަމްރީން ޕްރޮގްރާމުގެ މަޤްޞަދަކީ ކޮމިޝަނުގެ މުވައްޒަފުންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅު ކުރުމެވެ. މި ތަމްރީނު ޕްރޮގްރާމުގެ މަޢުލޫތަކުގެ ތެރޭގައި ސިޓީގެ މުޢާމަލާތުގައި ސަމާލުކަންދޭއްޖެހޭ ކަންތައްތައް، ޢިބާރާތް ކުރުމުގައި ވިސްނަންޖެހޭ ހަމަތައް، މުޢާމަލާތު ކުރުމުގެ ހުނަރުތައް، އިބާރާތްކުރުމުގައި ވިސްނަންޖެހޭ ހަމަތައް، ވާހަކަދެއްކުމުގެ އަދަބުތަކާއި ހުނަރުތައް އަދި ތަރުޖަމާކުރުމުގެ ހަމަތައް ހިމެނެއެވެ.

މި ސެޝަންގައި ކޮމިޝަނުގެ 20 މުވައްޒަފުން ބައިވެރިވެއެވެ. މި ޕްރޮގުރަމުގެ ސެޝަންތައް ނަންގަވައިދެއްވަނީ އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އާއި އެ ކޮމިޝަނުގެ އިސްވެރިން އަދި ދިވެހިބަހުގެ މާހިރުންނެވެ.