ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމް އިން ސ.ހިތަދޫ އަދި ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ފޮލޯއަޕް ޒިޔާރަތެއްކޮށްފި


ތާރީޙް: 24-08-2017

އެޗް.އާރް.ސީ.އެމް. އިން ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް 22 އޮގަސްޓް 2017ގައި އަދި ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް 23 އޮގަސްޓް 2017ގައި ޒިޔާރަތެއްކޮށްފިއެވެ.

މި ޒިޔާރަތުގެ މަޤްޞަދަކީ 2012، 2013، 2014، އަދި 2016 ވަނަ އަހަރު ކޮމިޝަނުން ސްޓޭޝަނަށް ކޮށްފައިވާ ޒިޔާރަތްތަކަށްފަހު ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛު ކުރެވެމުންދާ މިންވަރާއި، ތަހުޤީގަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނާއި މެދު އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި ދަޢުލަތުގެ ބެލުމުގެދަށުގައި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބަލައި މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ބައިތިއްބާ މީހުންގެ އާއްމު ޙާލަތާއި މުޥައްޒަފުންގެ ޙާލަތު ދެނެގަތުމެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާއްމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިއްމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް، ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް، މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެއެވެ. އަދި ކޮމިޝަނުގެ ރިޕޯރޓުގައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ބައްދަލުކޮށް، ރިޕޯރޓުގައިވާ ހުށަހެޅުންތައް ތަންފީޛްވަމުންދާ މިންވަރު ދެނެގަތުމަށް ގަވާއިދުން ލިޔުމުން ފޮލޯއަޕް ހަދަމުންގެންދާނެއެވެ.