ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމް އިން މޯލްޑިވްސް ޕޮލިސް ސަރވިސް އާ ބައްދަލުކޮށްފި


02-08-2017ތާރީޙް: 

ދިރިހުރުމުގެ ހައްޤާއި، ތިމާގެ ހަށިގަނޑާއި ނަފްސު ރައްކާތެރިކުރުމުގެ ހައްޤަކީ ރާއްޖޭގެ ޤާނޫނު އަސާސީގެ 21 ވަނަ މާއްދާއާއި އިންސާނީ ހައްޤުތަކުގެ އާންމު ޤަރާރުގެ 3 ވަނަ މާއްދާގެ ދަށުން ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްޤަކަށް ވީހިނދު، މިހާރަކަށް އައިސް އިންސާނީކަރާމާތަށާއި ދިރިހުރުމުގެ ޙައްޤައް އުނިކަން ލިބޭފަދަ ޢަމަލުތައް އިތުރުވަމުންދާތީ ކޮމިޝަނުގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ގޮތުން 1 އޯގަސްޓް 2017 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއެކު ވަނީ ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް މިފަދަ ޢަމަލުތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެފަދަކަންކަން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

މި ބައްދަލުވުމަށްފަހު، ރައްޔިތުންނަށް ރައްކާތެރި އަމާން ވެއްޓެއް ގާއިމުކުރުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކާއެކު ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.