ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން - PR-07/2017


25-07-2017ތާރީޙް: 

ދިވެހިރާއްޖެ ފަދަ އިސްލާމީ އަދި ދިމިޤްރާތީ ނިޒާމެއް ޤާއިމުވެފައިއޮތް މުޖުތަމަޢުއެއްގައި އެ ނިޒާމު ދެމެހެއްޓުމަށް ޤާނޫނުއަސާސީއިން މަތިކޮށްފައިވާ މުއައްސަސާތަކުގެ މެދުގައި ޚިޔާލުތަފާތުވެފައިވާކަމަށް ރައްޔިތުންނަށް ދޭހަވެދާނެފަދަ ގޮތަކަށް މަޢުލޫމާތު ފެތުރި، އޭގެ ސަބަބުން އާންމު މަސްލަހަތު ގެއްލި، ރައްޔިތުންގެ ޙައްޤުތަކަށް އުނިކަމެއް ލިބިދާނެފަދަގޮތަކަށް ކަންކަން ހިނގުމަށް މެދުވެރިވަމުންދިއުމަކީ މި ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާކަމެކެވެ.

މި ދަނޑިވަޅުގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް މަގުފަހިވެ، އެހެން ފަރާތްތަކުގެ ޙައްޤަކަށް އުނިކަމެއް ލިބިދާނެފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް އެންމެހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

ހަމަ މިއާއެކު މިހާރު ހިނގަމުންދާ ކަންކަން ކޮމިޝަނުން ވަރަށް ގާތުން ބަލައި، ކޮމިޝަނުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މިދަނީ ކުރަމުންނެވެ.