ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމް އިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލަށް ފޮލޯއަޕް ޒިޔާރަތެއް ކޮށްފި


ތާރީޙް: 20-07-2017

އެޗް.އާރް.ސީ.އެމް އިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލް އަށް 18 ޖުލައި 2017 ގައި ފޮލޯއަޕް ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ ތަހުޤީގަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ނުވަތަ ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ޙައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބަލައި، މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ތިބޭ މީހުންގެ އާއްމު ޙާލަތާއި މުވައްޒަފުންގެ ޙާލަތު ދެނެގަތުމެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާއްމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިއްމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެއެވެ. އަދި ކޮމިޝަނުގެ ރިޕޯރޓުގައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ބައްދަލުކޮށް، ރިޕޯރޓުގައިވާ ހުށަހެޅުންތައް ތަންފީޛްވަމުންދާ މިންވަރު ދެނެގަތުމަށް ލިޔުމުން ގަވާއިދުން ފޮލޯއަޕް ހަދަމުންގެންދާނެއެވެ.