ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމް އިން ގ.އ ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް މޮނީޓަރިންގ ޒިޔާރަތެއް ކޮށްފި


13-07-2017ތާރީޙް: 

އެޗް.އާރް.ސީ.އެމް އިން ގ.އ ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް 12-13 ޖުލައި 2017 ގައި މޮނީޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ.

މި ޒިޔާރަތުގެ މަޤްޞަދަކީ ތަހުޤީގަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ނުވަތަ ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ޙައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބަލައި، މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ތިބޭ މީހުންގެ އާއްމު ޙާލަތާއި މުވައްޒަފުންގެ ޙާލަތު ދެނެގަތުމެވެ. މި ޒިޔާރަތުގައި ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން އިންފޮރމޭޝަން ސެޝަންއެއް ނަގައިދެވިފައިވެއެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާއްމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިއްމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، ގ.އ ވިލިނގިލީ ޕޮލިސް ސްޓޭޝަންއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެއެވެ. އަދި ކޮމިޝަނުގެ ރިޕޯރޓުގައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ބައްދަލުކޮށް، ރިޕޯރޓުގައިވާ ހުށަހެޅުންތައް ތަންފީޛްވަމުންދާ މިންވަރު ދެނެގަތުމަށް ލިޔުމުން ގަވާއިދުން ފޮލޯއަޕް ހަދަމުންގެންދާނެއެވެ.