ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމް ގެ ސަދަރން ރީޖަނަލް އޮފީހުން އައްޑޫގެ ހަ ސްކޫލަކަށް ސްޓަޑީ ކޭމްޕެއް ބާއްވައިފި


09-04-2017ތާރީޙް: 

އެޗް. އާރް.ސީ.އެމް ގެ ސަދަރން ރީޖަނަލް އޮފީހުން އައްޑޫ ސިޓީގެ ހަ ސްކޫލަކަށް އަމާޒުކޮށްގެން 1 ދުވަހުގެ ސްޓަޑީ ކޭމްޕެއް އޭޕްރީލް 08 ވަނަ ދުވަހު ބާއްވާއިފިއެވެ.

މި ސްޓަޑީ ކޭމްޕްގެ މަޤްޞަދަކީ ސްކޫލް ކުދިން އިންސާނީ ޙައްޤުތަކަށް އަޙުލުވެރިކުރުވާ އެކުދިންގެ މެދުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ރޫހެއް އުފެއްދުމާއި އިންސާނީ ޙައްޤުތަކާ ގުޅުންހުރި މަޢުޞޫތަކާއި މައްސަލަތަކާ މެދު ވިސްނާ މަޝްވަރާކުރުމަށް ދަރިވަރުންނަށް ފުރުޞަތު ދިނުމެވެ. އަދި ޙައްޤުތަކާ ގުޅިގެން އަންނަ ޒިންމާތަކަށް އަޙްލުވެރިކޮށް އެކުދިން އުފުލަންޖެހޭ ޒިންމާ އުފުލުމަށް އެކުދިންނަށް ބާރުއެޅުމާއި ސްކޫލްތަކުގައި ހިއުމަން ރައިޓްސް ކްލަބްތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ކްލަބްގެ ކުދިންނަށް ފޯރުކޮށްދިނުމެވެ.

މި ސްޓަޑީ ކޭމްޕްގައި ބައިވެރިވެފައިވަނީ ހިތަދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، ނޫރާނީ ސްކޫލް، މަރަދޫ ސްކޫލް އަދި މަރަދޫފޭދޫ ސްކޫލުންނެވެ. ސްޓަޑީ ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ހިތަދޫ ސްކޫލްގައެވެ.