ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމް އިން ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ފޮލޯއަޕް ޒިޔާރަތެއް ކޮށްފި


ތާރީޙް: 04-04-2017

އެޗް.އާރް.ސީ.އެމް. އިން ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް 04 އެޕްރީލް 2017 ގައި ފޮލޯއަޕް ޒިޔާރަތެއްކޮށްފިއެވެ.
މި ޒިޔާރަތުގެ މަޤްޞަދަކީ 2012 ވަނަ އަހަރުން ފެށިގެން މި ކޮމިޝަނުން ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ކޮށްފައިވާ ޒިޔާރަތްތަކަށްފަހު އެ ސްޓޭޝަނަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛު ކުރެވެމުންދާ މިންވަރާއި، ތަހުޤީގަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނާއިދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ޙައްޤެއް، ގެއްލޭފަދަކަމެއް މި ސްޓޭޝަންގައި ބަންދުގައި ތިބޭ ފަރާތްތަކާމެދު ހިނގާތޯބަލައި، މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ބައިތިއްބާ މީހުންގެ ޢާއްމު ޙާލަތު ދެނެގަތުމާއި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމެވެ. އަދި މި ޒިޔާރަތުގައި، ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ސެޝަންއެއް ނަގައިދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާއްމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިއްމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެއެވެ. އަދި ކޮމިޝަނުގެ ރިޕޯރޓުގައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ބައްދަލުކޮށް، ރިޕޯރޓުގައިވާ ހުށަހެޅުންތައް ތަންފީޛްވަމުންދާ މިންވަރު ދެނެގަތުމަށް ގަވާއިދުން ލިޔުމުން ފޮލޯއަޕް ހަދަމުންގެންދާނެއެވެ.