ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމްއިން ސްކޫލް ކުދިންނަށް ޖެންޑާރ އިކުއާލިޓީ ސެޝަންތަކެއް ނަގައިދޭން ފަށައިފި


ތާރީޙް: 21-02-2017

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގާ ވާނެ ކެމްޕޭންގެ ދަށުން ޖެންޑާރ އިކުއަލިޓީ ސެޝަންތަކެއް ނަގައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ފަށައިފިއެވެ.

މި ސެޝަންތަކުގެ ބޭނުމަކީ، މިންތީގެ، ދެ ޖިންސުގެ ހަމަހަމަކަމާމެދު ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމާއި އެފިކުރު ކުރިއެރުވުމެވެ.

ސުކޫލު ދަރިވަރުންނަށް ނަގައިދޭ ސެޝަންތަކުގެ އިތުރުން ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް ވެސް މިންތީގެ ހަމަހަމަކަމާ ގުޅުން ހުރި މައުލޫމާތު ސެޝަންތަކެއް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިސެޝަންތައް އަމާޒުކުރެވިފައިވަނީ 5 ސްކޫލަކަށެވެ. އެއީ ތާޖުއްދީން، ކަލާފާން،އަމީނިއްޔާ، އިސްކަންދަރު އަދި އިމާދުއްދީން ސުކޫލެވެ. 3 އަހަރުގެ މުއްދަތަކަށް ހިންގާ މިކެމްޕޭން ކޮމިޝަނުން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. މިކެމްޕޭންގެ ދަށުން މިދިޔަ އަހަރުވެސް މި 5 ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި ޓީޗަރުންނަށް ވަނީ މިންތީގެ ހަމަހަމަކަމާ ގުޅުން ހުރި ސެޝަންތަކެއް ނަގައިދީފައެވެ.