ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން


07-02-2012ތާރީޙް: 

މިހާރު ރާއްޖޭގައި ހިނގަމުންދާ އެންމެހާ ކަންކަމުގައި އިސްލާމްދީނުގެ ރިވެތި މަޑުމައިތިރި އުސޫލުތައް އިސްކޮށް، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށްހިތައި، ޞުލްޙަވެރިކަމާއެކު ޤާނޫނުއަސާސީން ލިބިދީފައިވާ އެންމެހާ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކޮށް، ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ޞުލްޙަވެރިކަމާއެކު އެންމެހާ ފަރާތްތަކުން ޢަމަލުކުރެއްވުމަކީ ހިޔުމަން ރައިޓްސް ކޮމިޝަންގެ އެދުމެކެވެ. ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ ޤައުމީ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ދިރިއުޅެމުން އައިސްފައިވާ ޞުލްޙައަށް ލޯބިކުރާ ޤައުމަކަށް ވީހިނދު، މި ކޮމިޝަންގެ އުންމީދަކީ އަޅުގަނޑުމެން އެންމެންގެ މަސައްކަތުންހޯދާފައިވާ ޑިމޮކްރަސީގެ ނިޒާމާ އެއްގޮތްވާގޮތަށް، ޤައުމުގައި ޞުލްޙަވެރި، އަމާން މާޙައުލެއް ޤާއިމް ކުރެވުމެވެ.