ނޫސްބަޔާން
08-02-2012


މާލޭގައި އިއްޔެގައި ހިނގައިދިޔަ ތަފާތު ހަމަނުޖެހުންތަކުގެތެރޭގައި އެތަކެއް ޢާންމުންނަށާއި، ފުލުހުންނަށް ތަފާތު އެކިވަރުގެ ގެއްލުންތައްލިބި، އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ފެނިގެންދިޔަކަމީ މިކޮމިޝަނުން ނިޙާޔަތަށް ކަންބޮޑުވާ އަދި އެފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިވެސްކުރާކަންކަމެވެ.

 
ނޫސްބަޔާން
07-02-2012

މިހާރު ރާއްޖޭގައި ހިނގަމުންދާ އެންމެހާ ކަންކަމުގައި އިސްލާމްދީނުގެ ރިވެތި މަޑުމައިތިރި އުސޫލުތައް އިސްކޮށް، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށްހިތައި، ޞުލްޙަވެރިކަމާއެކު
 
ހަމަނުޖެހުންތަކާއި ދެބަސްވުންތަކަށް ޞުލްޙަވެރި ހައްލެއް ހޯދުމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރަނީ
06-02-2012

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކަށް ހުއްޓުމެއް ގެނެސް، ދެބަސްވުންތަކަށް ޞުލްޙަވެރި ހައްލެއް ހޯދުމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އިސްނަގައިގެން..
 
ނޫސް ބަޔާން
24-01-2012

މިހާރު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ގެއްލެމުންދާތީ ހިޔުމަން ރައިޓްސް ކޮމިޝަނުން މީގެ ކުރިންވެސް އެތައްފަހަރެއްގެ މަތިން ވާނީ ކަންބޮޑުވުން ފާޅުކޮށް މިކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިކަމުގައި ސުލްހަވެރި ހައްލެއް ހޯދިފައި ނުވާތީ މިކޮމިޝަނުން ނިހާޔަތަށް ހިތާމަކުރަމެވެ.