19 މާރޗް 2012 ގައި ހިނގާދިޔަ ކަންތައްތަކުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ފީލްޑް ޓީމަތަކަށް ފާހަގަ ކުރެވިފައިވާ ކަންތައްތައް

 

 

 

19 މާރޗް 2012 (ހޯމަ)


20:00

ރާޅުގަނޑު ސަރަހައްދުން ފާހަގަކުރެވުނު ކަންތައްތައް

 • އަމަން ގެއްލެމުންދާތީއާ ގިނަ ބައެއްގެ ޝަކުވާތަކެއް ލިބެމުންދާތީ ސަރަޙައްދު ރޫޅާލަނީކަމަށާއި އެހެންކަމުން އެންމެން އެތަން ދޫކޮށް ދިޔުމަށް ފުލުހުން އިންޒާރު ދިން އަދި ފަހުގެ އިންޒާރުވެސް ދިނުން.


 • މީޑިއާ އެންމެން އެތަނުން ނިކުތުމަށް އެންގި. އަދި އެތަން ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް އައުމުން މީޑިއާއަށް ޗާންސް ދޭނެކަމަށް. އެވިޑެންސް ގެއްލިދާނެތީއާއި ފުލުހުންގެ ތަޙްޤީޤަށް ހުރަސް އެޅިދާނެތީ އެންމެން އެތަނުން ނިކުތުމަށް. ފުލުހުންގެ ތަޙްޤީޤް ޓީމްގެ މަސައްކަތް ނިމުމުން މީޑިއާއަށް ފުރުސަތު ދޭނެކަމަށް އެންގުން.


 • މާރާމާރީ ހިންގަން ހިތްވަރު ދޭތަނަކަށް ވާތީ އެތަން ރޫޅާލަނީކަމަށް ބުނެ އިންޒާރު ދިނުން.


 • ސިޓީ ކައުންސިލްގެ މެމްބަރުން އެސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވވުން.


 • މައިދާނުން ފިރިހެނަކާއި އަންހެނެއް ހައްޔަރު ކުރިކަން.


 • ޖަގަހަތައް ފުލުހުން ޗެކް ކުރަންފަށައި އަދި ފުލުހުންނާ ކުރިމަތި ނުލާ އެތަން ދޫކޮށް ދިޔުމަށް ފުލުހުން ނަސޭޙަތްތެރިވުން. އެތަނަކީ ފުލުހުންގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްކަމަށް ފުލުހުން ގޮވުން. ސްޕީކަރުތަކާއި ތާޅަފިލިތައް ނެގުން. އެތާގައި ހުރި ސައުންޑް ސިސްޓަމަކީ "ހަބް" ގެ އެއްޗިއްސަށް ވާތީ ސައުންޑް ނަގާފައިވަނީ ހަބްގެ މީހުން.


 • އަންހެނެއްގެ ދަބަސް އޭނާގެ ޙާޒިރުގަ ޗެކް ކުރުމަށްފަހު އޭނައާ ހަވާލުކުރުން.


 • ފުލުހުންނާ ދިމާލަށް އެއްޗެހި އުކާ މީހުން ހައްޔަރުކުރުމަށާއި ނުކިޔަމަންތެރިވާ މީހުންނާ ދެކޮޅަށް އެއާ އެކަށީގެންވާ ބާރުގެ ބޭނުންކުރާނެކަމަށް އިންޒާރުދިނުން.


 • ޕާކް ސަރަޙައްދުން މީހުން ދިއުމަށް ފުލުހުން އިންޒާރު ދެމުން ގެންދިއުން، ނަމަވެސް މީހުން މަޑުކޮށްގެން ތިބި އަދި އެވަގުތު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.


 • އުސްގަނޑުގައި ތިބި މީހުން ތެރެއަށް ދެތިން ފަހަރަކު ޓިއަރ ގޭސް ގަން ބޭނުންކޮށްގެން ޖެހުން.


 • ޕާރކު ސަރަހައްދުގެ ހުރިހާ ގޯޅިތަކެއްގަ މުޒާހަރާ ކުރާ މީހުން ތިބެގެން ހަޅޭއްލަވަމުންދިޔުން. ފުލުހުން ބެރިކޭޑް އަތުރައިގެން ތިބުން. ހަމަނުޖެހުމެއް ނުހިނގާ. ޓަސްކަލޫސާ ކައިރީގަވެސް ބައިވަރު މީހުން ތިބުން.


 • ސްޓޭޖް، ޓެންޓްތައް އަދި ޖަގަހަތައް ފުލުހުންނާއި ސިފައިން ރޫޅާލުން. އަދި އެތަނުން ފުލުހުން ތަހްޤީޤަށް ބޭނުންވާ ތަކެތި ނަގަމުން ގެންދިއުން.


 • ހުރިހާ ގޯޅިތަކެއްގައި މީހުން މުޒާހަރާ ކުރަމުން ގެންދިއުން . ފުލުހުންގެ މަސައްކަތަށް ހުރަސް ނާޅާ އެތަން ދޫކޮށް ދިޔުމަށް ތަކުރާރުކޮށް ފުލުހުން ނަސޭޙަތްތެރިވުން.


 • ބުރުޒުމަގުގައި ތިބި މީހުންނާއި ފުލުހުންނާއި ދެމެދު ހަމަނުޖެހުމެއް ހިނގުން. ފުލުހުންނާ ދިމާލަށް މުޒާހަރާގެ ބައިވެރިން ގާ އުކަމުން ދިއުން. ފުލުހުން 2 އަންހެނަކާއި ފިރިހެނަކު ހައްޔަރުކުރުން. މީހުން ފަހަތަށް ޖެއްސުމުގައި ސިފައިންވެސް ހަރަކާތްތެރިވުން.


 • ބައެއް ސަރަހައްދު ތަކުގައި ޕޮލިސް ލައިން ތެރޭ ރެޑްކްރެސެންޓް މީހުން ތިބުން.


 • ރާޅުގަނޑު ސަރަހައްދާ ދުރު ބައެއް ސަރަހައްދުތަކުގައި ގޭސް ކުރުމަށްފަހު އެ ސަރަހައްދުން ދުރަށް ޖެއްސުމަށް މީހުންގެ ފަހަތުން ފުލުހުން ދުވުން.


 • އުސްގަނޑާ ދިމާލުގައި ތިބި އެންމެން އެތަން ދޫކޮށް ދިޔުމަށް އެންގުން.


 • ދަރުބާރުގެ ފުރަގަހުން އޮންނަ ޕާކުތެރޭގައި ތިބި މީހުންގެ ތެރެޔަށް ގޭސްކުރުމަށްފަހު ފުލުހުން އެމީހުންގެ ފަހަތުން ދުވެ ބަޔަކު ހައްޔަރުކުރުން.17:00

 • އޭޑީކޭ ހޮސްޕިޓަލަށް މުޒާހާރާއާ ގުޅިގެން އެކިވަރުގެ އަނިޔާ ލިބިގެން 4 އަންހެނުންނައި 10 ފިރިހެނުން ގެނެދެވިފައިވާކަން، މީގެ ތެރެއިން ފަރުވާދިނުމަށްފަހު 12 މީހުން ދޫކޮށްލެވިފައިވާކަން.


 • މުޒާހަރާގައި އަނިޔާލިބިގެން އައިޖީއެމްއެޗަށް ގެންދިޔަ 20 މީހުން ވެސް ވަނީ ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިކަން،


 • މަޖްލިހުގެ ދެ މެންބަރުންވެސް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން.


 • މުޒާހަރާއާ ގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައިވަނީ 65 މީހުންކަމާއި އޭގެތެރޭގައި 4 އަންހެނުންނާއި 18 އަހަރުން ދަށުގެ 5 ކުދިން ހިމެނޭކަން، އަދި ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހަކަށް އަނިޔާވެފައިވާކަން،


 • ރާޅުގަނޑު ސަރަހައްދުގައި ހިގަމުންދާކަންތައްތައް ކޮމިޝަނުގެ މޮނިޓަރިން ޓީމުން ބަލަމުންދާކަން


13:00

 • މުޒާހަރާތައް ފެށިގެން އައިއިރު ސޯސަންމަގުގައި މުޒާހަރާކުރަމުން ދިޔަ ފަރާތްތައް މަޑުމަޑުން ކުރިއަށް ޖެހެމުން ފުލުހުންގެ ސަފުތައް ހުރަސްކުރުމަށް މަސައްކަތް ކުރަމުން ދިޔަކަން


 • ފުލުހުންގެ ސަފުތައް ފޫއަޅުވާނުލުމަށް ފުލުހުން ނަސޭހަތްތެރިވަމުން ދިޔަކަން


 • ފުލުހުންގެ ސަފުތައް ފަޅާލުމަށް މަސައްކަތް ކުރިމީހުން ހައްޔަރުކުރިކަން، އަދި މިކަމުގައި ބައެއް މީހުންނަށާއި ފުލުހުންނަށް ވެސް އަނިޔާ ވިކަން


 • ފުލުހުން މިހާތަނަށް ބާރުގެ ބޭނުން ކޮށްފައިވަނީ ނަސޭހަތްތެރިވެ، ތަކުރާރުކޮށް އިންޒާރުދިނުމަށްފަހުކަން


 • ނީލަން ފިހާރަތައް ހުންނަ ސަރަހައްދުގައި ނުރައްކާތެރި އަލިފާނުގެ ހާދިޘާއެއް ހިނގަމުންދާކަން


 • ހައްޔަރުކުރުމުގައި ބައެއް މީހުން ނުކިޔަމަންތެރިކަން ދެއްކިކަން


 • އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެނައި އާންމު ރައްޔިތުންގެ ތެރެއިން އެކަކު ބޯފަޅައިގެންގޮސްފައިވާކަން މީގެތެރޭގައި އަންހެނަކު ހުރިކަމާއި ހޮސްޕިޓަލަށްގެނެވުނު އެންމެންނަށް ވެސް އެކިވަރުގެ ކުދި އަނިޔާތައް ވެފައިވާކަން


 • ފުލުހުންނާއި ސިފައިންނަށް އަނިޔާވަމުންދާކަމުގެ ގިނަ ޢަދަދެއްގެ ޝަކުވާ ކޮމިޝަނަށް ހުށަހެޅެމުންދާކަން


 • ނާދީކައިރިން އެކަކު، ދޮންޖޭމުގޭ ކައިރިން 7 މީހުން ހައްޔަރު ކުރިއިރު އެކެއްގެ ލޯކައިރި ފަޅައިގެން ގޮސްފަހުރިކަން، އަނިޔާވި މީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާ ދޫނިދޫއިން ދޭނެކަމާއި ހުރިހާ މީހުން ވެސް ދޫނިދޫއަށް ގެންދެވިފައިވާކަން ފުލުހުން ކޮމިޝަނަށް ހާމަކޮށްފައިވާކަން.


 • ސޯސަންމަގު ކައިރީގައި ހުރި ފުލުހެއްގެ ފައި ހުޅުންނެއްޓިފައިވާކަމަށް، އަދި އިތުރު ފުލުހަކު ވީލްޗެއަރގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަން


 • ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެންބަރު ޝިފާޒަށް އަނިޔާވެގެން މަޖިލިސްކުރާގެއިން ނެރެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން، ގެނައިރު އޭނާވަނީ ހޭނެތިފައިކަމާއި. ޝިފާޒަށް އައިޖީއެމްއެޗުން ފަރުވާ ދެމުންދާކަން،


 • ސޯސަންމަގުގައި މުޒާހަރާ ކުރަމުންދާ ބައެއް މީހުން ވީ.ޓީ.ވީއާ ދިމާލަށް ގާއުކާ ގެއްލުން ދެމުންދާކަން


 • މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު އޭ.ޑީ.ކޭ ހޮސްޕިޓަލް ތެރެއަށް ވަދެފައިވާކަން


 • ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު ގެ މެޔަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަން


 • ސޯސަންމަގު މަޖީދީ މަގު ސަރަހައްދުން ފުލުހުން 'ރަބަރ ބޯލްސް' މުޒާހަރާ ކުރަމުން ދިޔަމީހުންނާ ދިމާލަށް، މައްޗަށް ޖަހާފައިވާކަން.