Published on 10-05-2013
މިއަދަކީ ޤައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ދިވެހިރާއްޖޭގެ ކުޑަކުދީންގެ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ކުޑަކުދީންނަށް ތަހުނިޔާއާއި ހެޔޮއެދުން އަދި މުބާރިކްބާދް ފޮނުވަމެވެ. ކުޑަކުދީންގެ ދުވަސް އަޅުގަނޑުމެން ޤައުމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރިކަން މިކޮމިޝަނުން ފާހަގަކުރަމެވެ.