ހިއުމަން ރައިޓްސް ކޮމިޝަންގެ އެން.ޖީ.އޯ ނެޓްވާރކް



ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކަށް އެހީތެރިވެ ހިތްވަރުދިނުމުގެ ގޮތުންނާއި، ކޮމިޝަނުން ކުރާ މަސައްކަތްތަކަށް މަދަނީ ޖަމްޢިއްޔާތަކުގެ އެހީތެރިކަން ލިބިގަތުމުގެ ބޭނުމުގައި 2009 އަހަރުގެ ޖުލައި މަހު ކޮމިޝަނުން ވަނީ އެން.ޖީ.އޯ ނެޓްވާރކެއް ޤާއިމުކޮށްފައެވެ. މި ނެޓްވާރކް ޤާއިމުކުރިއިރު މި ނެޓްވާރކްގައި ހިމެނެނީ 48 އެން.ޖީ.އޯ އެވެ.

އެން.ޖީ.އޯ ނެޓްވާރކްގެ މައިގަނޑު މަޤްޞަދު ތެރޭގައި ހިމެނެނީ،
    (1) މަދަނީ ޖަމްޢިއްޔާތަކަކީ މުޖްތަމަޢުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ތަފާތު މައްސަލަތައް ދެނެގަނެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކުގެ ހާލަތު އެންމެ ގާތުން ދަންނާނެ އެއް ފަރާތްކަމަށްވުމާއެކު،  މި ފަރާތްތަކާ ގުޅިގެން ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން.
    (2)  ކޮމިޝަނުގެ މަސައްކަތްތަކަށް މަދަނީ ޖަމްޢިއްޔާތަކުގެ އެހީތެރިކަން ހޯދުމާއެކު އިންސާނީ ހައްޤުތަކާބެހޭ މަޢުލޫމާތުތައް ޢާންމުންނާ ހިއްސާކުރެވެމުންދާ މިންވަރު މިހާރަށްވުރެ އިތުރުކޮށް، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން.
    (3)  ސަރުކާރު ޒިންމާދާރުކުރުމުގައި މަދަނީ ޖަމްޢިއްޔާތަކަކީ ވަރަށް އިސް ދައުރެއް އަދާކުރާ ފަރާތްތަކެއްކަމުން، ކޮމިޝަނާއި މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، ކުރިއެރުވުމަށް މަސައްކަތްކުރުން.



ކޮމިޝަނުން އެން.ޖީ.އޯ ނެޓްވާރކް ޤާއިމުކުރުމަށްފަހު، 19 ޖުލައި 2010 ގައި ފާސްކޮށްފައިވާ އުސޫލެއްގެ ("ކޮމިޝަނުން ޤާއިމުކޮށްފައިވާ އެން.ޖީ.އޯ ނެޓްވޯކްގެ ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮމިޝަނުން ގެންގުޅޭނެ އުސޫލު")މަތިން މަދަނީ ޖަމްޢިއްޔާތަކަށް ކޮމިޝަނުން ވެދެމުން އައި އެހީތެރިކަން އެން.ޖީ.އޯ ނެޓްވާރކްގެ ބައިވެރިން ނޫން ފަރާތްތަކަށް ދިނުން ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. މި އުސޫލު މި ލިޔުމާއެކީގައި އެވަނީއެވެ.


އެން.ޖީ.އޯ ނެޓްވާރކްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ކޮންމެ މަދަނީޖަމްޢިއްޔާއަކަށްވެސް ހުޅުވާލާފައެވެ. މި ނެޓްވާރކްގައި ބައިވެރިވުމުގެ ގޮތުން ހުށަހަޅަންޖެހޭ ފޯމް މިތަނުން ޑައުންލޯޑު ކުރައްވާށެވެ.