English
ލިޔުންތައް
ހަރަކާތްތައް
ކޮމިޝަނާ ބެހޭ
ހަބަރު
ފުރަތަމަސަފްހާ
ނޫސްބަޔާން
ކުރިއަށް ރޭވިފައި
އިއުލާން
ފަހުގެ ޙަބަރު
PR - 018/2012 ނޫސްބަޔާން
PR - 016/2012 ނޫސްބަޔާން
PR - 017/2012 ނޫސްބަޔާން
PR - 015/2012 ނޫސްބަޔާން
PR - 014/2012 ނޫސްބަޔާން
???????????? ?????????
ވަޒީފާގެ ފުރުސަތު
ލީގަލް އޮފިސާރ
މީޑިއާ އޮފިސާރ
އަންދާސީ ހިސާބް އަދި އެހެނިހެން
އެން.ޖީ.އޯތަކަށް މާލީއެހީ ދިނުމާބެހޭ
އެޗްއާރސީއެމް އިން ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރސީއެމްގެ ބަޔާން
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅޭ ބަޔާން
ނޫސްބަޔާން - PR-018/2012
މައްސަލަ ހުށަހެޅުން
ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލައެއް ހުށަހެޅުއްވިދާނެ ގޮތްތަކަކީ:
• ޓޯލް ފްރީ ނަންބަރު މެދުވެރިކޮށް
• ފޯން
• ލިޔުމުން
• މައްސަލަ ހުށަހަޅާ ފޯމު މެދުވެރިކޮށް
• އީމެއިލް
• ފެކްސް
އިނގިރޭސި ނުވަތަ ދިވެހި ބަހުންވެސް މައްސަލަ ހުށަހެޅުއްވިދާނެއެވެ. މައްސަލައެއް ހުށަހެޅުއްވުމުގައި ބޭނުންފުޅުވާނަމަ އަޅުގަނޑުމެންގެ އެހީތެރިކަން ލިބޭނެއެވެ.
މައްސަލަ ހުށަހަޅުއްވާއިރު ތިރީގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރައްވަންޖެހޭނެއެވެ.
• މައްސަލަ ހުށަހަޅުއްވާ ފަރާތުގެ ނަން، އެޑްރެސް އަދި ފޯނު ނަމްބަރު
• މައްސަލަ ރައްދުވާ ފަރާތާއި އެފަރާތާއި ގުޅޭނެ ނަމްބަރު
• މައްސަލާގެ ތަފްޞީލް، އަދި މައްސަލަ ދިމާވި ވަގުތާއި މައްސަލާގައި ޝާމިލްވާ އެހެންހެން ފަރާތްތައް
• މިމައްސަލާގައި ޤާނޫނާއި ޚިލާފު ވެފައިވާ މިންވަރު އަދި ޚިލާފުވެފައިވާ ޤާނޫނު
• މިމައްސަލައާއިގުޅިގެން މީގެ ކުރިން އެހެން އެއްވެސް ފަރާތަކަށް މައްސަލަ ހުށަހަޅާފައިވާނެތޯ، އަދި ހުށަހަޅާފައިވާނަމަ ކަން ހިނގާދިޔަ ގޮތުގެ ތަފްޞީލް
ލިޔުމުންމައްސަލަހުށަހެޅުން
މައްސަލާގެ ތަފްޞީލް ރަގަޅަށް ލިޔުއްވުމަށްފަހު މައްސަލައާ ގުޅުން ހުރި އިތުރު ލިޔުންތަކާއިއެކު ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
5 ވަނަ ފަންގިފިލާ، މއ.އުތުރުވެހި،
ކެނެރީމަގު، މާލެ،
ދިވެހިރާއްޖެ
ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ. ނަމާއި އެޑްރެސް ލިޔެފައި ނުވާނަމަ މައްސަލަ ބަލައެއް ނުގަނެވޭނެއެވެ.
މައްސަލަ ހުށަހަޅާ ފޯމުން މައްސަލަ ހުށަހެޅުން
ފޯމް ޑައުންލޯޑް ކުރެއްވުމަށްފަހު ފޯމު ފުރުއްވާފައި މަތީގައި ދެންނެވުނު އެޑްރެހަށް ފޮނުއްވާށެވެ.
Download form in PDF (
ޕީޑީއެފް ފޯމް ޑައުންލޯޑް ކުރަން
)
މިކޮމިޝަނުން ތިޔަފަރާތަށް ފޯމް ޕޯސްޓް ކުރަން ބޭނުންފުޅުވާނަމަ އީމެއިލުން އަޅުގަނޑުމެންމަށް އަންގަވާ ދެއްވާށެވެ. އަދި ފޯމް ޕޯސްޓް ކުރާނެ އެޑްރެސްވެސް އީމެއިލްގައި ހިމެނުއްވުން އެދެމެވެ.
އީމެއިލުން މައްސަލަ ހުށަހެޅުން
މައްސަލާގެ ޚުލާޞާއެއް ލިޔުއްވުމަށްފަހު info@hrcm.org.mv އަށް ފޮނުއްވާށެވެ.
ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރ އީމެއިލްގައި ހިމަނަންވާނެއެވެ. ނަމާއި އެޑްރެސް ހިމަނުއްވާފައި ނުވާނަމަ މައްސަލައެއްގެ ގޮތުގައި އީމެއިލް ބަލައެއް ނުގަނެވޭނެއެވެ.
ނޯޓް: މައްސަލަ ހުށަހެޅުމުގައި އިލެކްޓްރޯނިކްކޮށް ބަދަލު ކުރެވޭ އެއްވެސް މަޢުލޫމާތެއްގެ ރައްކާތެރިކަމާއި ސިއްރު ކަމުގެ ޔަގީންކަން މިކޮމިޝަނަކުން ނުދެވޭނެއެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގެ އެކަމުގެ ޒިންމާ މިކޮމިޝަނުން ނުނަގާނެ ވާހަކަވެސް ދަންނަވަމެވެ. ބޭނުންފުޅުވާނަމަ މައްސަލަ ހުށަހަޅާ ފޯމް ޑައުންލޯޑް ކުރެއްވުމަށްފަހު ފޯމް ފުރިހަމަ ކުރައްވާފައި މަތީގައި ދެންނެވިފައިވާ އެޑްރެހަށް ޕޯސްޓް ކުރެއްވިދާނެއެވެ.